ދިވެހިބަހުން
0
ދިވެހިރާއްޖެއަކީ، ހިންދު ކަނޑު ގެ ތެރޭ ގައި، އޮޅުދޫ ކަރައިގެ ހުޅަނގު ފަރާތުން ހައްތުސްތަވާ މަތީގައި އުތުރުން ދެކުނަށް ފެތުރިފައި އޮތް ޤައުމެކެވެ. ދިވެހިރާއްޖޭ ގައި އޮތީ ޤުދުރަތީ ގޮތުން 26 އަތޮޅު ކަމުގައި ވިޔަސް ދައުލަތް ހިންގުމަށް ފަސޭހަ ކުރުމުގެ ގޮތުން އިދާރީ ގޮތުން 20 އަތޮޅަށް ސަރުކާރުން މިއަތޮޅުތައް ބައްސަވާލައްވާފައިވެއެވެ. ދިވެހިރާއްޖޭގެ ބިމުގެ ބޮޑުމިނަކީ، 298 ކިލޯމީޓަރެވެ. އެއީ، 115 ކިލޯމޭލެވެ. ދިވެހިރާއްޖޭގެ ރަށްތަކަކީ އާއްމުގޮތެއްގައި ވަރަށް ތިރި އެހާމެ ކުދިރަށްރަށެވެ. އެންމެ ބޮޑުރަށްތައް ކަމުގައި ބެލެވިފައިވާ، ހައްދުއްމަތީ ގަމާއި އައްޑުއަތޮޅު ހިތަދުއާއި ފުވައްމުލަކާއި އައްޑުއަތޮޅު ހުޅުމީދޫ ވެސް 5 މޭލަކަށް ވުރެ ބޮޑެއް ނުވާނެއެވެ